ދިވެހިރާއްޖެ
މަޤާމު: ސަޕޯޓް ސްޓާފް
ބޭނުންވާ އަދަދު: 01
މުސާރަ : -/4,500 ރުފިޔާ
ސަރވިސް އެލަވަންސް: -/1,000 ރުފިޔާ
ރިސްކް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
އިތުރުގަޑީގެ ފައިސާ : ހަމަޖެހިފައިވާ އުސޫލުގެ މަތިން
ވަޒީފާ އޮތް އޮފީސް: ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ކޮންޓްރެކްޓް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ
- ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ތަޢުލީމީ ފަންޑުގެ އިދާރާ އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުން، އެދުރުހިޔާ އިމާރާތް ފޮޅައި ސާފުކުރުމާއި، ކުނިއުކާލުމުގެ މަސައްކަތް ހިނގަމުންދާގޮތް ދުވަހުން ދުވަހަށް ބަލައި ސްޕަވައިޒްކުރުން
- ތަޢުލީމީ ފަންޑުގެ އިދާރާއިން އެކިއެކި އޮފީސްތަކަށާއި ތަންތަނަށް ރައްދުކުރުމަށް ހަވާލުކުރެވޭ ސިޓީފަދަ ތަކެތި ގެންދިއުމާއި ގެނައުން
- މީގެ އިތުރުން ތަޢުލީމީ ފަންޑުގެ އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
- ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އަދި އެކަށީގެންވާ ޞިއްޙަތެއްގައި ހުރި އުމުރުން 55 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
- ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- އިންޓަރވިއު ކުރުން :
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 01 ޑިސެންބަރު 2014 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .
- ހުށަހަޅަންޖެހޭ ލިޔުންތައް :
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ތަޢުލީމީ ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ )
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ޅ- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)
- ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 1 ވަނަ ފަންގިފިލާ، ފަޅުމަތީމަގުގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:30
- ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.