ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-TF/22/2014/239
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 27 ނޮވެންބަރު 2014 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

   މަޤާމު:                    ސަޕޯޓް ސްޓާފް

   ބޭނުންވާ އަދަދު:               01

   މުސާރަ :                  -/4,500 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1,000 ރުފިޔާ

   ރިސްކް އެލަވަންސް:             އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

   އިތުރުގަޑީގެ ފައިސާ :            ހަމަޖެހިފައިވާ އުސޫލުގެ މަތިން

   ވަޒީފާ އޮތް އޮފީސް:             ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                    ކޮންޓްރެކްޓް

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ

  • ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ތަޢުލީމީ ފަންޑުގެ އިދާރާ އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުން، އެދުރުހިޔާ އިމާރާތް ފޮޅައި ސާފުކުރުމާއި، ކުނިއުކާލުމުގެ މަސައްކަތް ހިނގަމުންދާގޮތް ދުވަހުން ދުވަހަށް ބަލައި ސްޕަވައިޒްކުރުން

- ތަޢުލީމީ ފަންޑުގެ އިދާރާއިން އެކިއެކި އޮފީސްތަކަށާއި ތަންތަނަށް ރައްދުކުރުމަށް ހަވާލުކުރެވޭ ސިޓީފަދަ ތަކެތި ގެންދިއުމާއި ގެނައުން

- މީގެ އިތުރުން ތަޢުލީމީ ފަންޑުގެ އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން     

  • ޝަރުޠު:
  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އަދި އެކަށީގެންވާ ޞިއްޙަތެއްގައި ހުރި އުމުރުން 55 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
  2. ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

  • އިންޓަރވިއު ކުރުން :

ހ.  މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 01 ޑިސެންބަރު 2014 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ.  އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .

  • ހުށަހަޅަންޖެހޭ ލިޔުންތައް :

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ތަޢުލީމީ ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ބ-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ޅ-  އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ކ-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

  • ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :
  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 1 ވަނަ ފަންގިފިލާ، ފަޅުމަތީމަގުގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:30
  • ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.
18 ނޮވެންބަރު 2014