ދިވެހިރާއްޖެ
އިޢުލާން
2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ
2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 09 ނޮވެމްބަރ 2022 ވަނަ ދުވަހުކުރި އިއުލާން ނަންބަރު GS27/IULAN/2022/15 އިއުލާނާއި ގުޅިގެން ކުރިމަތިލާފައިވަނީ 1 ފަރާތުން ކަމަށްވާތީ މިދެންނެވި އިއުލާން ބާތިލްކޮށް 2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި ބީލަން ހުށައެޅުމަށް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ހުރިހާ މައުލޫމާތެއް ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެއެވެ. އަދި ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލްކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބިޑް ރަޖިސްޓްރީކުރުމާއި ނަންނޯޓްކުރުން |
ތ.އަތޮޅުމަދަރުސާ |
14 ޑިސެމްބަރ 2022 |
ބުދަ |
14.00 |
މައުލޫމާތުދިނުމުގެ ސެޝަން |
ތ.އަތޮޅުމަދަރުސާ |
15 ޑިސެމްބަރ 2022 |
ބުރާސްފަތި |
13.00 |
ބިޑް ހުށައެޅުން |
ތ.އަތޮޅުމަދަރުސާ |
19 ޑިސެމްބަރ 2022 |
ހޯމަ |
13.00 |
ނަންނޯޓް ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.
- ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
- މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
- އައި.ޑީ.ކާޑު ނަންބަރ
- ގުޅޭނެ ފޯން / މޮބައިލް ނަންބަރު
- މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 7777023 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
12 ޖުމާދަލްއާޚިރާ 1444
06 ޑިސެމްބަރ 2022