މަސައްކަތް
ނަންބަރު: GS27/IULAAN/2022/17
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 14 ޑިސެންބަރު 2022 14:00
ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2023ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓި ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ         

                                   2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 09 ނޮވެމްބަރ 2022 ވަނަ ދުވަހުކުރި އިއުލާން ނަންބަރު GS27/IULAN/2022/15 އިއުލާނާއި ގުޅިގެން ކުރިމަތިލާފައިވަނީ 1 ފަރާތުން ކަމަށްވާތީ މިދެންނެވި އިއުލާން ބާތިލްކޮށް 2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

                                  2023 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި ބީލަން ހުށައެޅުމަށް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ހުރިހާ މައުލޫމާތެއް ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެއެވެ. އަދި ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލްކުރެވޭނެއެވެ.

                                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ބިޑް ރަޖިސްޓްރީކުރުމާއި ނަންނޯޓްކުރުން

ތ.އަތޮޅުމަދަރުސާ

14 ޑިސެމްބަރ 2022

ބުދަ

   14.00

މައުލޫމާތުދިނުމުގެ ސެޝަން

ތ.އަތޮޅުމަދަރުސާ

15 ޑިސެމްބަރ 2022

ބުރާސްފަތި

13.00

ބިޑް ހުށައެޅުން

ތ.އަތޮޅުމަދަރުސާ

19 ޑިސެމްބަރ 2022

ހޯމަ

13.00

ނަންނޯޓް ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.

  • ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
  • މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
  • އައި.ޑީ.ކާޑު ނަންބަރ
  • ގުޅޭނެ ފޯން / މޮބައިލް ނަންބަރު
  • މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް

                    އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 7777023 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

                             12  ޖުމާދަލްއާޚިރާ   1444

                             06  ޑިސެމްބަރ    2022 

06 ޑިސެންބަރު 2022