ދިވެހިރާއްޖެ
| 
 މަޤާމު:  | 
 މާރކެޓިންގ ޑިރެކްޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ.  | 
| 
 ކްލެސިފިކޭޝަން  | 
 EX3  | 
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 މާކެޓިންގ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުން. ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި، މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ މާކެޓިންގ ދާއިރާއިން އަންޑަރ ގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ މިޑްލް މެނޭޖްމަންޓުގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛  | 
| 
 މައިގަނޑު މަސްއޫލިއްޔަތު:  | 
 މާރކެޓް ޓްރެންޑް މޮނީޓަރކުރުމާއި ދިރާސާކޮށް ރިޕޯޓް ހެދުން. މާކެޓިންގ ޕްލޭން އަދި ބަޖެޓް ތައްޔާރުކުރުމާއި، މާކެޓިންގ އެންޑް ސޭލްސް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.  | 
| 
 މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް  | 
 މާކެޓިންގ އެންޑް ސޭލްސް.  | 
| 
 މުސާރަ އާއި އެލަވަންސް  | 
 މަހަކު -/21300 ރުފިޔާ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 - ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.  | 
| 
 ނޯޓް:  | 
 މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭފަރާތްތަކެވެ. ހުށަހަޅުއްވަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.  | 
| 
 ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:  | 
 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ  | 
23 މުޙައްރަމް 1436
