ދިވެހިރާއްޖެ
މަޤާމު: |
މާރކެޓިންގ ޑިރެކްޓަރ |
ބޭނުންވާ އަދަދު: |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ. |
ކްލެސިފިކޭޝަން |
EX3 |
ފެންވަރު ނުވަތަ ޝަރުޠު: |
މާކެޓިންގ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުން. ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި، މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ މާކެޓިންގ ދާއިރާއިން އަންޑަރ ގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ މިޑްލް މެނޭޖްމަންޓުގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ |
މައިގަނޑު މަސްއޫލިއްޔަތު: |
މާރކެޓް ޓްރެންޑް މޮނީޓަރކުރުމާއި ދިރާސާކޮށް ރިޕޯޓް ހެދުން. މާކެޓިންގ ޕްލޭން އަދި ބަޖެޓް ތައްޔާރުކުރުމާއި، މާކެޓިންގ އެންޑް ސޭލްސް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން. |
މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް |
މާކެޓިންގ އެންޑް ސޭލްސް. |
މުސާރަ އާއި އެލަވަންސް |
މަހަކު -/21300 ރުފިޔާ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ. |
ނޯޓް: |
މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭފަރާތްތަކެވެ. ހުށަހަޅުއްވަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ. |
ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި: |
25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ |
23 މުޙައްރަމް 1436