މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެހެންދޫ އިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު

ޤަވާއިދު ނަންބަރ  2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ، ބ.ފެހެންދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ބ.ފެހެންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.

ބ.ފެހެންދޫ އިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު

  • އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 55.00 ރުފިޔާ
  • އެކިފަހަރު މަތިން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 60.00 ރުފިޔާ

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ.

30 ނޮވެންބަރު 2022
ހޯދާ