ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)324/324/2022/29
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:06
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެހެންދޫ އިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު
ޤަވާއިދު ނަންބަރ 2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ، ބ.ފެހެންދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ބ.ފެހެންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.
ބ.ފެހެންދޫ އިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު
- އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 55.00 ރުފިޔާ
- އެކިފަހަރު މަތިން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 60.00 ރުފިޔާ
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ.
30 ނޮވެންބަރު 2022