ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް  އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

 ރަތަފަންދޫ ކުނިގޮނޑު 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 1 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ  ހެދުނު 10:30 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 7 ޑިސެމްބަރ 2022   އަންގާރަ  ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މިއިދާރާއިން ކުރެވުނު ނަމްބަރ : (IUL)420-PED/420/2022/55 ގެއިޢުލާން ވަނީ ACC ގެ ލަފާގެ މަތިންވަނީ ބާތިލް ކުރެވިފައެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 

#

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

 

1

އަގު

%70

 

v     އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.

 

2

ތަޖުރިބާ

30%

v     އެންމެ ގިނަ މާކުސް ލިބޭ އެންމެގެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

 

 

 

 

 

 

ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1-     ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2-     އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ

3-     ކޮމްޕެނީގެ ޕްރޮފައިލް

 މިއިދާރާއިން  ބަލާނެ ކަންތައްތައް

1-     ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

2-     އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ކަމަށް އެކަށީގެންވާ ފަރާތެއްތޯ ؟

28 ނޮވެންބަރު 2022
ހޯދާ