ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން
ރަތަފަންދޫ ކުނިގޮނޑު 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 1 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:30 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 7 ޑިސެމްބަރ 2022 އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މިއިދާރާއިން ކުރެވުނު ނަމްބަރ : (IUL)420-PED/420/2022/55 ގެއިޢުލާން ވަނީ ACC ގެ ލަފާގެ މަތިންވަނީ ބާތިލް ކުރެވިފައެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
# |
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
1 |
އަގު |
%70 |
v އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.
|
2 |
ތަޖުރިބާ |
30% |
v އެންމެ ގިނަ މާކުސް ލިބޭ އެންމެގެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ. |
ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2- އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ
3- ކޮމްޕެނީގެ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ކަމަށް އެކަށީގެންވާ ފަރާތެއްތޯ ؟