ދިވެހިރާއްޖެ
އިޢުލާން
ރިސާޗް އެސިސްޓެންޓަކު ހޯދުން
ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން، ބަހާއި ޘަޤާފަތުގެ ދާއިރާއިން ހަދަމުންގެންދާ ރިސާޗްގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.
މުސާރަ: |
މަހަކު -/7000 ރުފިޔާ |
ބޭނުންވާ އަދަދު: |
1 |
ޝަރުޠު: |
ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން) - އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ، މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރަންޖެހޭ މަސައްކަތް: |
- ރިސާޗުގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސީ ބަހުންނާއި ދިވެހިބަހުން) - ރިސާޗާ ގުޅޭ އިދާރީ މަސައްކަތްކުރުން. |
މަސައްކަތް ކުރަންޖެހޭ މުއްދަތު: |
11 ޖަނަވަރީ 2015 އިން 11 އެޕްރީލް 2015 އަށް (3 މަސްދުވަސް) |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ދުވާލަކު 6 ގަޑިއިރު |
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) - މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު) - މަސައްކަތުގެ ތަޖުރިބާގެ ލިޔުން. - ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2014 ނޮވެންބަރު 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345180 ނުވަތަ 7993093 ނަންބަރާ ގުޅުން އެދެމެވެ.
24 މުޙައްރަމް 1436