ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FA/2014/22
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 24 ނޮވެންބަރު 2014 14:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން

ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން، ބަހާއި ޘަޤާފަތުގެ ދާއިރާއިން ހަދަމުންގެންދާ ރިސާޗްގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.

މުސާރަ:

މަހަކު -/7000 ރުފިޔާ

ބޭނުންވާ އަދަދު:

1

ޝަރުޠު:

ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

- އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ، މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް:

- ރިސާޗުގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސީ ބަހުންނާއި ދިވެހިބަހުން)

- ރިސާޗާ ގުޅޭ އިދާރީ މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ މުއްދަތު:

11 ޖަނަވަރީ 2015 އިން 11 އެޕްރީލް 2015 އަށް (3 މަސްދުވަސް)

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

- ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2014 ނޮވެންބަރު 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345180 ނުވަތަ 7993093 ނަންބަރާ ގުޅުން އެދެމެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014