ދިވެހިރާއްޖެ
ކުޑަހުވަދޫގައި ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ޓްރޭނިންދިނުމަށް މިކައުންސިލުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯޗިންގ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު، މިކަމަށް ޝައުޤުވެރިކަންހުރި ކުޑަހުވަދޫގެ ފަރާތްތަކަށް ހުޅުވާލަމެވެ. އިތުރުމަޢުލޫމާތު ތިރީގައި އެވެނީއެވެ.
*- މިޕްރޮގްރާމްގައި ފުރުސަތު ދެވޭނީ މިއިޢުލާނާއި ގުޅިގެން ހުށަހަޅާ 06 (ހައެއް) ބައިވެރިންނަށެވެ. މިއަދަދަށްވުރެ ގިނައިން ހުށަހަޅައިފިނަމަ، އިސްކަންދެވޭނީ ޑީ ލައިސަންސް ހާސިލްކޮށްފައިވާ ފަރާތްތަކަށާއި ރަށުގަ ގިނަ ދުވަހު ޤާއިމްވެ ހުންނަ އަދި މިހާތަނަށް މިފަދަ ޙަރަކަތްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައިގެންނެވެ.
*- މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ރާއްޖެއިންބޭރުގެ ތަޖުރިބާހުރި ކޯޗުންނެވެ.
*- މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރޭއްވިފައިވަނީ 2022 ޑިސެމްބަރ 11،12،13 އަދި 14 ވަނަދުވަހުގެ ނިޔަލަށެވެ.
ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރ 30 ވަނަދުވަހުގެ 12:00ގެ ކުރިން މިއިޢުލާނާއެކުގައިވާ ގޫގުލްފޯމް ހުށަހެޅުއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/zNCfP9FyG2WH5Jas7