ޢާންމު މަޢުލޫމާތު
ނަންބަރު: D-381 / I-2022/ 78
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 30 ނޮވެންބަރު 2022 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ކޯޗިން ޑިވެލޮޕްމެންޓް ޕްރޮގްރާމް، ކުޑަހުވަދޫ ކައުންސިލް

        ކުޑަހުވަދޫގައި ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ޓްރޭނިންދިނުމަށް މިކައުންސިލުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯޗިންގ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު، މިކަމަށް ޝައުޤުވެރިކަންހުރި ކުޑަހުވަދޫގެ ފަރާތްތަކަށް ހުޅުވާލަމެވެ. އިތުރުމަޢުލޫމާތު ތިރީގައި އެވެނީއެވެ.

*-  މިޕްރޮގްރާމްގައި ފުރުސަތު ދެވޭނީ މިއިޢުލާނާއި ގުޅިގެން ހުށަހަޅާ 06 (ހައެއް) ބައިވެރިންނަށެވެ. މިއަދަދަށްވުރެ ގިނައިން ހުށަހަޅައިފިނަމަ، އިސްކަންދެވޭނީ ޑީ ލައިސަންސް ހާސިލްކޮށްފައިވާ ފަރާތްތަކަށާއި ރަށުގަ ގިނަ ދުވަހު ޤާއިމްވެ ހުންނަ އަދި  މިހާތަނަށް މިފަދަ ޙަރަކަތްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައިގެންނެވެ. 

*-  މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ރާއްޖެއިންބޭރުގެ ތަޖުރިބާހުރި ކޯޗުންނެވެ.

*-  މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރޭއްވިފައިވަނީ 2022 ޑިސެމްބަރ 11،12،13 އަދި 14 ވަނަދުވަހުގެ ނިޔަލަށެވެ.

             ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރ 30 ވަނަދުވަހުގެ 12:00ގެ ކުރިން މިއިޢުލާނާއެކުގައިވާ ގޫގުލްފޯމް ހުށަހެޅުއްވުން އެދެމެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/zNCfP9FyG2WH5Jas7

 

21 ނޮވެންބަރު 2022