ދިވެހިރާއްޖެ
މި އިދާރާއަށް އެކްސްކަވޭޓަރެއް ގަންނަން ބޭނުންވެއްޖެއެވެ.
އެހެންކަމުން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެންބަރު 2022 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަން ރަޖިސްޓްރީކުރާ ފޯމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓްރީ ކުރެވޭނީ ބީލަން ރަޖިސްޓްރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެންނާއި މި ކައުންސިލްގެ މެއިލް [email protected] އަށް ބީލަން ރަޖިސްޓްރީ ކުރާ ފޯމް މެއިލްކޮށްގެންނެވެ.
ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންފޮތްތައް ބަލައިނުގަނެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.