ބީލަން
ނަންބަރު: (IUL)251-CA/251/2022/111
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 28 ނޮވެންބަރު 2022 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ، ދިއްދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ހޯދުމާ ގުޅޭ

މި އިދާރާއަށް އެކްސްކަވޭޓަރެއް ގަންނަން ބޭނުންވެއްޖެއެވެ.

                  އެހެންކަމުން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެންބަރު 2022 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަން ރަޖިސްޓްރީކުރާ ފޯމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓްރީ ކުރެވޭނީ ބީލަން ރަޖިސްޓްރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެންނާއި މި ކައުންސިލްގެ މެއިލް [email protected] އަށް ބީލަން ރަޖިސްޓްރީ ކުރާ ފޯމް މެއިލްކޮށްގެންނެވެ.

                  ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންފޮތްތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

17 ނޮވެންބަރު 2022