މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ރީމް ފޮޓޯކޮޕީ ކަރުދާސް A4 (ހުދު)
  2. ކާރޓްރިޖް CE410ފ(HP305A)
  3. ކާރޓްރިޖް CE411ފ(HP305A)
  4. ކާރޓްރިޖް CE412ފ(HP305A)
  5. ކާރޓްރިޖް CE413ފ(HP305A)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ