ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2014/222
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި:
20 ނޮވެންބަރު 2014 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ރީމް ފޮޓޯކޮޕީ ކަރުދާސް A4 (ހުދު)
- ކާރޓްރިޖް CE410ފ(HP305A)
- ކާރޓްރިޖް CE411ފ(HP305A)
- ކާރޓްރިޖް CE412ފ(HP305A)
- ކާރޓްރިޖް CE413ފ(HP305A)
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
20 މުޙައްރަމް 1436
13 ނޮވެންބަރު 2014