މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށް ވޭޖު އުޞޫލުން މުވައްޒަފުން ނެގުން:

މަޤާމް:

ޑްރައިވަރ

ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް) ޑްރައިވަރ

25 (ފަންސަވީސް) ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ މުއްދަތު

2022 ނޮވެމްބަރ 21 ން 2023 ނޮވެމްބަރ 20 އަށް (އެކެއް އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން)

މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ:

ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފްތާއެއްގެ 5 ދުވަހު ދުވާލަކު 3 ގަޑިއިރު ކައުންސިލުން ކަނޑައަޅާ ސްޕަވައިޒަރ ( އތމ ކޮމެޓީން )  ކަނޑައަޅާ ސަރަޙައްދުތަކެވެ.

ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކުރަންޖެހިއްޖެނަމަ މިހާލަތުގައިކުރާ މަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ (ބ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ.

ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ޑަސްބިން ބަހައްޓައިފި ނަމަ އެޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބަލަހައްޓަންވާނެއެވެ.

 

ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:

 

#

މަޤާމު

ދުވަހުއުޖޫރަ

01

ޑްރައިވަރ ( މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކަށް )

-/90 ރ

02

ކޮމިއުނިޓީކައުންސިލު އެސިސްޓެންޓް ( ކުނިކަހަން ނިކުންނަ ކޮންމެ ދުވަހަކަށް )

-/90 ރ

 

ޅ- މި މަސައްކަތަށް މީހުން ނަގަނީ ވޭޖު އުސޫލުން ކަމަށްވާތީ އުޖޫރަ ދެވޭނީ މަސައްކަތު ނުކުންނަ ދުވަހަކަށް-/90 ރ އެވެ. އަދި ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެހިފައިވާނި ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތަށެވެ.

ނ- މި މަސައްކަތްކުރުމަށް ނެގޭ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތް ދޭވޭނެ އެވެ.

 

މަސައްކަތް ސުޕަވައިޒް ކުރުން:

 

ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާއި ގުޅޭ އެންމެހާ މަސައްކަތް ރާވާ، ސްޕަވައިޒްކޮށް ބަލަހައްޓާނީ މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުންނެވެ. އެގޮތުން އިޖުތިމާއީސަރަހައްދު ކުނިކެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ތިރީގައި ބަޔާން ކޮށްފައިވާ ކަންކަމަށް އަމަލު ކުރަންވާނެއެވެ.

ހ- އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މަޢުލޫމާތު ކަމާއިގުޅޭ ޔުނިޓަށް ( މުނިސިޕަލް ސާވީސް ޔުނިޓް ) ކޮންމެ ހަފުތާއަކުވެސް ހިއްސާ ކުރަމުން ގެންދިއުން.

ށ- ކުނިކެހުމުގެ މަސައްކަތައް މި ކައުންސިލުން ނަގާފައިވާ ފަރާތްތަކުގެ ދުވަހު ޙާޒިރީ ތައްޔާރު ކުރުމާއި، ބެލެހެއްޓުން.

ނ- ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މުލަކު ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތައް ކައުންސިލުން ތާވަލު ކުރެވިފައިވާގޮތައް ކުނިކެހުމުގެ މަސައްކަތައް އައްޔަން ކުރެވިފައިވާ މުވައްޒަފުންމެދުވެރިކޮށް ކުނިކަހާ ސާފުކުރުވުން.

ބ- ކުނިކަހާސަރަހައްދުތަކުން ނަގާކުނިތައް (ކައުންސިލުން ކަނޑައަޅާ ތަނަކަށް) އުކާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކުރުވުން. (ކުނިކަހާފައި ނަގާ ކުނިތައް ކުނިއަޅަން ޚާއްޞަކުރެވިފައިވާ ތަންތަން ފިޔަވާ އެހެންތަނަކަށް އަޅައިގެން ނުވާނެއެވެ.)

ޅ- ކުނިކެހުމުގެ މަސައްކަތައް ބޭނުންވާ ތަކެތި ކައުންސިލް އިދާރާއިން ހޯދުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ކ- ކުނި އުކާލުމުގައި ބޭނުންކުރާނީ ކައުންސިލްގެ ރަށު ޕިކަޕެވެ. ނަމަވެސް ރަށު ޕިކަޕަށް މައްސަލައެއް ދިމާވެ ދަތުރުކުރެވޭގޮތް ނުވެއްޖެނަމަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެދުވަހެއްގެ ކުނި އެދުވަހަކު އުކާލަންވާނެއެވެ.

ޑްރައިވަރ މައިގަޑު މަސްއޫލިއްޔަތު:

ހ- ސުޕަވައިޒަރު ( އތމ ކޮމެޓީ ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ އިޖުތިމާއީ ސަރަހައްދުން ނެހޭ ކުނި ކަނޑައެލިފައިވާ ސަރަހައްދު ތަކަށް ގެންދިޔުމާއި އުކާލުން.

ކޮމިއުނިޓީ ކައުންސިލުގެ އެސިސްޓެންޓުގެ މައިގަޑު މަސްއޫލިއްޔަތު:

ހ- ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.

ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގޮތަކަށް ކޮށާ އުކާލުން.

ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް:

ހ- އުމުރުން 65 އަހަރާއި 15 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުދިންނަމަ ބެލެނިވެރިޔާގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން.)

ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ނ- ޑްރައިވަރުގެ ގޮތުގައި ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް (ސީ 3 ނުވަތަ ސީ 4 ގެ ލައިސް) އޮންނަ ފަރާތެއްކަމުގައިވުން.

ބ- މަގާމުގެ އަސާސީ ސަރުތު:

  • ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގުން
  • ދިވެހިބަހުން ލިޔަން އެނގުން.

ޅ- މަގާމަށް އެދި ހުށަހަޅަން ޖެހޭތަކެތި:

  • އައިޑީ ކާޑު ކޮޕީ
  • ވަޒީފާއަށް އެދޭ ފޯމް
  • މިގޭ ކުރިން މިބާވަތުގެ މަސައްކަތެއްގައި މިއިދާރާގައި މަސައްކަތްކޮށްފައި ނުވާނަމަ ތަޖުރިބާގެ ލިޔުން.

 

ކ- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ބެލެވޭނެ ބައިތައް

ޕޮއިންޓް

އަސާސީ ޝަރުޠު ހަމަވުން

40

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

20

އިންޓަވިއު

40

ޖުމްލަ ސްކޯ:

100

 

ނޯޓް: މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދެ ޖިންސަށްވެސް އޮންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://mulah.gov.mv/Uploads/Documents/1668330720.pdf ގައި ޢާއްމުކުރެވިފައިވާނެ އެވެ.

އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (http://www.mulah.gov.mv/Uploads/Downloads/1663584527.pdf) ޑައުންލޯޑު ކުރެއްވޭނެއެވެ.

13 ނޮވެންބަރު 2022
ހޯދާ