ދިވެހިރާއްޖެ
މަޤާމް: |
ޑްރައިވަރ |
||||||||||
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
|||||||||||
ބޭނުންވާ ޢަދަދު: |
01 (އެކެއް) ޑްރައިވަރ |
||||||||||
25 (ފަންސަވީސް) ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
|||||||||||
މަޤާމުގެ ގިންތި |
ވަގުތީ |
||||||||||
މަޤާމުގެ މުއްދަތު |
2022 ނޮވެމްބަރ 21 ން 2023 ނޮވެމްބަރ 20 އަށް (އެކެއް އަހަރު) |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން) |
||||||||||
މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ: |
ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފްތާއެއްގެ 5 ދުވަހު ދުވާލަކު 3 ގަޑިއިރު ކައުންސިލުން ކަނޑައަޅާ ސްޕަވައިޒަރ ( އތމ ކޮމެޓީން ) ކަނޑައަޅާ ސަރަޙައްދުތަކެވެ. ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކުރަންޖެހިއްޖެނަމަ މިހާލަތުގައިކުރާ މަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ (ބ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ. ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ޑަސްބިން ބަހައްޓައިފި ނަމަ އެޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބަލަހައްޓަންވާނެއެވެ.
ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:
ޅ- މި މަސައްކަތަށް މީހުން ނަގަނީ ވޭޖު އުސޫލުން ކަމަށްވާތީ އުޖޫރަ ދެވޭނީ މަސައްކަތު ނުކުންނަ ދުވަހަކަށް-/90 ރ އެވެ. އަދި ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެހިފައިވާނި ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތަށެވެ. ނ- މި މަސައްކަތްކުރުމަށް ނެގޭ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތް ދޭވޭނެ އެވެ.
|
||||||||||
މަސައްކަތް ސުޕަވައިޒް ކުރުން:
|
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާއި ގުޅޭ އެންމެހާ މަސައްކަތް ރާވާ، ސްޕަވައިޒްކޮށް ބަލަހައްޓާނީ މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުންނެވެ. އެގޮތުން އިޖުތިމާއީސަރަހައްދު ކުނިކެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ތިރީގައި ބަޔާން ކޮށްފައިވާ ކަންކަމަށް އަމަލު ކުރަންވާނެއެވެ. ހ- އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މަޢުލޫމާތު ކަމާއިގުޅޭ ޔުނިޓަށް ( މުނިސިޕަލް ސާވީސް ޔުނިޓް ) ކޮންމެ ހަފުތާއަކުވެސް ހިއްސާ ކުރަމުން ގެންދިއުން. ށ- ކުނިކެހުމުގެ މަސައްކަތައް މި ކައުންސިލުން ނަގާފައިވާ ފަރާތްތަކުގެ ދުވަހު ޙާޒިރީ ތައްޔާރު ކުރުމާއި، ބެލެހެއްޓުން. ނ- ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މުލަކު ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތައް ކައުންސިލުން ތާވަލު ކުރެވިފައިވާގޮތައް ކުނިކެހުމުގެ މަސައްކަތައް އައްޔަން ކުރެވިފައިވާ މުވައްޒަފުންމެދުވެރިކޮށް ކުނިކަހާ ސާފުކުރުވުން. ބ- ކުނިކަހާސަރަހައްދުތަކުން ނަގާކުނިތައް (ކައުންސިލުން ކަނޑައަޅާ ތަނަކަށް) އުކާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކުރުވުން. (ކުނިކަހާފައި ނަގާ ކުނިތައް ކުނިއަޅަން ޚާއްޞަކުރެވިފައިވާ ތަންތަން ފިޔަވާ އެހެންތަނަކަށް އަޅައިގެން ނުވާނެއެވެ.) ޅ- ކުނިކެހުމުގެ މަސައްކަތައް ބޭނުންވާ ތަކެތި ކައުންސިލް އިދާރާއިން ހޯދުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. ކ- ކުނި އުކާލުމުގައި ބޭނުންކުރާނީ ކައުންސިލްގެ ރަށު ޕިކަޕެވެ. ނަމަވެސް ރަށު ޕިކަޕަށް މައްސަލައެއް ދިމާވެ ދަތުރުކުރެވޭގޮތް ނުވެއްޖެނަމަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެދުވަހެއްގެ ކުނި އެދުވަހަކު އުކާލަންވާނެއެވެ. |
||||||||||
ޑްރައިވަރ މައިގަޑު މަސްއޫލިއްޔަތު: |
ހ- ސުޕަވައިޒަރު ( އތމ ކޮމެޓީ ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ އިޖުތިމާއީ ސަރަހައްދުން ނެހޭ ކުނި ކަނޑައެލިފައިވާ ސަރަހައްދު ތަކަށް ގެންދިޔުމާއި އުކާލުން. |
||||||||||
ކޮމިއުނިޓީ ކައުންސިލުގެ އެސިސްޓެންޓުގެ މައިގަޑު މަސްއޫލިއްޔަތު: |
ހ- ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން. ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގޮތަކަށް ކޮށާ އުކާލުން. ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން. |
||||||||||
މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް: |
ހ- އުމުރުން 65 އަހަރާއި 15 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުދިންނަމަ ބެލެނިވެރިޔާގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން.) ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން. ނ- ޑްރައިވަރުގެ ގޮތުގައި ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް (ސީ 3 ނުވަތަ ސީ 4 ގެ ލައިސް) އޮންނަ ފަރާތެއްކަމުގައިވުން. ބ- މަގާމުގެ އަސާސީ ސަރުތު:
ޅ- މަގާމަށް އެދި ހުށަހަޅަން ޖެހޭތަކެތި:
ކ- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ނޯޓް: މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދެ ޖިންސަށްވެސް އޮންނާނެއެވެ. |
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ނޮވެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://mulah.gov.mv/Uploads/Documents/1668330720.pdf ގައި ޢާއްމުކުރެވިފައިވާނެ އެވެ. އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (http://www.mulah.gov.mv/Uploads/Downloads/1663584527.pdf) ޑައުންލޯޑު ކުރެއްވޭނެއެވެ. |