ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިއާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ދިއްލުމާއި ބެހޭ

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫގެ މަގުބައްތިތަކާއި ބަނދަރުގައި ހުރި ބައެއް ބައްތިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް އެ ބައްތިތައް ދިއްލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

07 ނޮވެމްބަރ 2022 އިން 17 ނޮވެމްބަރ 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

21 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

މި މަސައްކަތާއިގުޅޭ ބީލަން ރަޖިސްޓަރީކުރާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

07 ނޮވެންބަރު 2022
ހޯދާ