ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫގެ މަގުބައްތިތަކާއި ބަނދަރުގައި ހުރި ބައެއް ބައްތިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް އެ ބައްތިތައް ދިއްލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
07 ނޮވެމްބަރ 2022 އިން 17 ނޮވެމްބަރ 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
20 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
21 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
މި މަސައްކަތާއިގުޅޭ ބީލަން ރަޖިސްޓަރީކުރާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.