ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް،ދިވެހިރާއްޖެ.
ނަންބަރު: (IUL)353/2022/46
އިޢުލާނު
ފުޓްސަލް ދަނޑުގެ ބައެއް މަރާމާތުތައް ކުރުން
މިރަށު ފުޓްސަލް ދަނޑުގެ ބައެއް މަރާމާތުތައްކުރަން ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 15 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 100 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބީލަން ހުށަހަޅާ ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
13 ރަބީޢުލްއާޚިރު 1444
07 ނޮވެމްބަރު 2022
(ސޮއި)
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް