މަސައްކަތް
ނަންބަރު: (IUL)353/2022/46
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 20 ނޮވެންބަރު 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް ކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

ނަންބަރު: (IUL)353/2022/46

އިޢުލާނު

ފުޓްސަލް ދަނޑުގެ ބައެއް މަރާމާތުތައް ކުރުން

      މިރަށު ފުޓްސަލް ދަނޑުގެ ބައެއް މަރާމާތުތައްކުރަން ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

ބީލަމާބެހޭ އިތުރު މަޢުލޫމާތު

  1. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
  2. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 15 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 100 ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ރަޖިސްޓްރޭޝަން ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ބީލަން ހުށަހަޅާ ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  4. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

13 ރަބީޢުލްއާޚިރު 1444

07  ނޮވެމްބަރު 2022

 

(ސޮއި)

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

07 ނޮވެންބަރު 2022