ދިވެހިރާއްޖެ
މަޤާމު: ވޮޗަރ (ދާއިމީ) |
ބޭނުންވާ އަދަދު: 01 |
ރޭންކް: އެސް އެސް 1 |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު |
- ޝަރުތު:
1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަނެއް/ސަނަދެއް/ހުއްދައެއް ހާސިލުކޮށްފައިވުން
2- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، އެސްއެސް 1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- މަޤާމުގެ އަސާސީ މުސާރަ: -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
- ސާރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %30
- މަޤާމުގެ މައިގަނޑު މަސައްކަތް
- ޑިއުޓީ ގަޑީގައި ކޯޓުތެރެއާއި ކޯޓު ހިމެނޭ ސަރަޙައްދު ބެލެހެއްޓުން
- ކޯޓާއި ކޯޓުގެ މުދައު ޙިމާޔަތްކުރުން
- ހުށަހަޅަންޖެހޭ މަޢުލޫމާތު
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް
މިމަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން، މަތީގައިވާ ލިޔުންތައް 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.