ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)P2C/2014/21
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 20 ނޮވެންބަރު 2014 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ (ދާއިމީ)

މަޤާމު: ވޮޗަރ (ދާއިމީ)

ބޭނުންވާ އަދަދު: 01

ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު

  • ޝަރުތު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަނެއް/ސަނަދެއް/ހުއްދައެއް ހާސިލުކޮށްފައިވުން

2- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، އެސްއެސް 1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

  • މަޤާމުގެ އަސާސީ މުސާރަ:  -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
  • ސާރވިސް އެލަވަންސް:  -/1000 (އެއްހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %30
  • މަޤާމުގެ މައިގަނޑު މަސައްކަތް

- ޑިއުޓީ ގަޑީގައި ކޯޓުތެރެއާއި ކޯޓު ހިމެނޭ ސަރަޙައްދު ބެލެހެއްޓުން

- ކޯޓާއި ކޯޓުގެ މުދައު ޙިމާޔަތްކުރުން

  • ހުށަހަޅަންޖެހޭ މަޢުލޫމާތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް

މިމަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން، މަތީގައިވާ ލިޔުންތައް 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2014