ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM-RDC-2022-146 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަޤާމުތަކަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
އެސިސްޓެންޓް ކާޕެންޓަރ |
ބޭނުންވާ ޢަދަދު: |
03 (ތިނެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3 |
އަސާސީ މުސާރަ: |
މަހަކު 4500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މާލެސައިޓު |
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 02ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މާލެ ސައިޓާއި މާލެ ސަރަޙައްދުގައި ހިމެނޭ ކުންފުނީގެ އޮފީސް އިމާރާތްތަކުގެ އެންމެހައި މަރާމާތެއް ކުރުމަށް އެހީތެރިވުން. - އޮފީހުގެ ބޭނުމަށް އެކި ރަށްރަށުގައި ހަދާ ކާސްޓިންގ ޔާޑު ފަދަ ތަންތަން ހެދުމުގައި އެހީތެރިވުން. - ޙަވާލުކުރެވޭ ކުރެހުމާއި އެއްގޮތަށް ޕްރީކާސްޓް ތައްގަނޑުތައް ހެދުމާއި، މަރާމާތުކުރަންޖެހޭ ތައްގަނޑުތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް މަރާމާތުކުރުން. - ލަކުޑިޔާއި ފައިބާގެ އެންމެހައި މަސައްކަތްތަކުގައި އަމަލީގޮތުން ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ބައިވެރިވެ މަސައްކަތްކުރުން. |
މަޤާމް: |
ވެލްޑަރ |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 01 |
އަސާސީ މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މާލެސައިޓު. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޔުނިޓުގެ މަސައްކަތާއި ޙަވާލުވެހުންނަ ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ވެލްޑިންގގެ އެންމެހާ މަސައްކަތެއް ކުރުން. - ދަގަނޑުގެ އެންމެހާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ބައިވެރިވެ މަސައްކަތްކުރުން. (އިމާރާތްތައް ހިޔާކުރުމަށް އަޅަންޖެހޭ ޓުރަސް،އެންގަލް،ހޮޅި އެޅުންފަދަ ކަންކަން). - މީގެ އިތުރުން ވޯރކްޝޮޕްގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
12 ރަބީޢުލް އާޚިރު 1444