ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2022-152
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 13 ނޮވެންބަރު 2022 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM-RDC-2022-146 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަޤާމުތަކަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

 އެސިސްޓެންޓް ކާޕެންޓަރ

ބޭނުންވާ ޢަދަދު:

 03 (ތިނެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

 މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މާލެސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 02ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ،

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

- މާލެ ސައިޓާއި މާލެ ސަރަޙައްދުގައި ހިމެނޭ ކުންފުނީގެ އޮފީސް އިމާރާތްތަކުގެ އެންމެހައި މަރާމާތެއް ކުރުމަށް އެހީތެރިވުން.

- އޮފީހުގެ ބޭނުމަށް އެކި ރަށްރަށުގައި ހަދާ ކާސްޓިންގ ޔާޑު ފަދަ ތަންތަން ހެދުމުގައި އެހީތެރިވުން.

- ޙަވާލުކުރެވޭ ކުރެހުމާއި އެއްގޮތަށް ޕްރީކާސްޓް ތައްގަނޑުތައް ހެދުމާއި، މަރާމާތުކުރަންޖެހޭ ތައްގަނޑުތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް މަރާމާތުކުރުން.

- ލަކުޑިޔާއި ފައިބާގެ އެންމެހައި މަސައްކަތްތަކުގައި އަމަލީގޮތުން ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ބައިވެރިވެ މަސައްކަތްކުރުން.

މަޤާމް:

 ވެލްޑަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 01

އަސާސީ މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މާލެސައިޓު.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޔުނިޓުގެ މަސައްކަތާއި ޙަވާލުވެހުންނަ ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ވެލްޑިންގގެ އެންމެހާ މަސައްކަތެއް ކުރުން.

- ދަގަނޑުގެ އެންމެހާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ބައިވެރިވެ މަސައްކަތްކުރުން. (އިމާރާތްތައް ހިޔާކުރުމަށް އަޅަންޖެހޭ ޓުރަސް،އެންގަލް،ހޮޅި އެޅުންފަދަ ކަންކަން).

- މީގެ އިތުރުން ވޯރކްޝޮޕްގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                        12 ރަބީޢުލް އާޚިރު 1444  

06 ނޮވެންބަރު 2022