ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)415-HR/415/2022/144 (09 އޮކްޓޯބަރު 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައި ނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

 މަޤާމް:

ސީނިއަރ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:01

މަޤާމުގެ ރޭންކް:

SS3

މަޤާމުގެ ކުލެސިފިކޭޝަން:

މުނިސިޕަލް ސުޕަރވައިޒަރ ގްރޭޑް 1

މުސާރަ:

3,875/- (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

1,000/- (އެއްހާސް ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް:

1,200/- (އެއްހާސް ދުވިސައްތަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް:

1,696/- (އެއްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ޝަރުޠު:

ލިޔަންކިޔަން އެނގުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި (ރަށް ބެލެހެއްޓުން، ރަށްވެހި ޚިދުމަތް ސުޕަރވައިޒްކޮށް ބެލެހެއްޓުން، މީހުން ގޮވައިގެން މަސައްކަތް ކުރުވުން، އެކިއެކި މަސައްކަތް ހިންގުމުގެ އިސްވާރުކަން ކުރުން) 12 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުން
  3. ބަޔަކު ގޮވައިގެން މަސައްކަތް ކުރުމުގެ ހުނަރު އަދި މަސައްކަތް ރާވާ ހިންގާ ބަލަހައްޓަން އެނގުން.
  4. ވިއްސާރައާއި އަވީގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
  5. އުސްތަންތަނަށް އަރާފޭބުމާއި، މޫދުގައި މަސައްކަތްކުރަން ފަރިތަވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ވަޒީފާގެ މަސައްކަތް ހިނގާ ސަރަޙައްދުގައި ހުންނަ އިލެކްޓްރިކް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިކުއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެދިނުން.
  4. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ޗިޓް، ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުން.
  5. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވެދިނުން.
  6. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  7. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  8. މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމަށް އެހީތެރިވުން.
  9. ގޭބިސީތަކާއި މުވައްސަސާތަކުން ކުނިނަގައިދިނުމުގެ ޚިދުމަތް ސުޕަރަވައިޒްކޮށް، މަހުން މަހަށް ފީނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ފައިސާއާއިބެހޭ ބައިން ހޯދުމަށްފަހު، ފައިސާ ނުދައްކާ ފަރާތްތަކަށް ނޯޓިސް ދިނުމާއި، ކުނި ނެގުމުގެ ޕްރޮގްރާމާއި ގުޅުން ހުރި އެންމެހާ ކަންކަން ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން.

10. ރަށްވެހިކަމުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް ފާހަގަ ކުރެވޭ މައްސަލަތައް ސުޕަރަވައިޒަރަށް ރިޕޯޓް ކުރުން.

11. އިދާރާއިން ޢާއްމު ފަރާތްތަކަށް ދޮންވެލި ދޫކުރުމުގެ ޕްރޮގްރާމު ސުޕަރވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން.

12. އިދާރާއިން ކުރިޔަށް ގެންދާ ދޮންވެލި ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އުޅަނދުތަކަށް ވެލި ބަރުކުރެވޭ މިންވަރު ގުނައި ޙިސާބުކޮށް ރެވެނިއު އޮފިސަރަށް މަޢްލޫމާތު ދިނުން.

13. އެކިއެކި ކާރިޘާ ތަކާއި ޙާދިޘާ ތަކާއި ގުޅިގެން ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށް ކައުންސިލުން ކުރަންޖެހޭ ކުއްލި ކަންކަމުގައި ސުޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.

14. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، ގޮނޑުދޮށާއި މަގުތަކާއި ޕާރކުތަކާއި ބަނދަރު ސަރަޙައްދާއި ކުޅިވަރުކުޅޭ ކޯޓުތަކާއި ދަނޑުތަކާއި ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކާއި ބިންބިމާއި ގްރީން އޭރިޔާފަދަ ތަންތަން ކޮންމެ ދުވަހަކު ކުނިކަހައި ވިނަ ނޮޅައި ވިނަކޮށައި ރީތިކޮށް ޒީނަތްތެރިކޮށް ބެއްވުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމު ހިންގައި، މަސައްކަތްތެރިންނަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީއާއި މަސައްކަތަށް ބޭނުންވާ އާލާތްތައް ހޯދައިދީ، މަސައްކަތްތެރިންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ވަޒީފާއަށް އެދޭ ފޯމް.

2-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-     ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

14 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

02 ނޮވެންބަރު 2022
ހޯދާ