ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)415-HR/415/2022/144 (09 އޮކްޓޯބަރު 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައި ނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ސީނިއަރ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް |
ބޭނުންވާ ޢަދަދު:01 |
||
މަޤާމުގެ ރޭންކް: |
SS3 |
|||
މަޤާމުގެ ކުލެސިފިކޭޝަން: |
މުނިސިޕަލް ސުޕަރވައިޒަރ ގްރޭޑް 1 |
|||
މުސާރަ: |
3,875/- (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) |
|||
ސާރވިސް އެލަވަންސް: |
1,000/- (އެއްހާސް ރުފިޔާ) |
|||
ސަޕޯރޓިންގ ކޯ އެލަވަންސް: |
1,200/- (އެއްހާސް ދުވިސައްތަ ރުފިޔާ) |
|||
މިނިމަމް ވޭޖް އެލަވަންސް: |
1,696/- (އެއްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ) |
|||
އެހެނިހެން އެލަވަންސް: |
|
|||
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. |
|||
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: |
ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި. |
|||
ޝަރުޠު: ލިޔަންކިޔަން އެނގުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި (ރަށް ބެލެހެއްޓުން، ރަށްވެހި ޚިދުމަތް ސުޕަރވައިޒްކޮށް ބެލެހެއްޓުން، މީހުން ގޮވައިގެން މަސައްކަތް ކުރުވުން، އެކިއެކި މަސައްކަތް ހިންގުމުގެ އިސްވާރުކަން ކުރުން) 12 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމަށް ބޭނުންވާ ހުނަރު:
|
|
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
10. ރަށްވެހިކަމުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް ފާހަގަ ކުރެވޭ މައްސަލަތައް ސުޕަރަވައިޒަރަށް ރިޕޯޓް ކުރުން. 11. އިދާރާއިން ޢާއްމު ފަރާތްތަކަށް ދޮންވެލި ދޫކުރުމުގެ ޕްރޮގްރާމު ސުޕަރވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން. 12. އިދާރާއިން ކުރިޔަށް ގެންދާ ދޮންވެލި ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އުޅަނދުތަކަށް ވެލި ބަރުކުރެވޭ މިންވަރު ގުނައި ޙިސާބުކޮށް ރެވެނިއު އޮފިސަރަށް މަޢްލޫމާތު ދިނުން. 13. އެކިއެކި ކާރިޘާ ތަކާއި ޙާދިޘާ ތަކާއި ގުޅިގެން ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށް ކައުންސިލުން ކުރަންޖެހޭ ކުއްލި ކަންކަމުގައި ސުޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން. 14. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، ގޮނޑުދޮށާއި މަގުތަކާއި ޕާރކުތަކާއި ބަނދަރު ސަރަޙައްދާއި ކުޅިވަރުކުޅޭ ކޯޓުތަކާއި ދަނޑުތަކާއި ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކާއި ބިންބިމާއި ގްރީން އޭރިޔާފަދަ ތަންތަން ކޮންމެ ދުވަހަކު ކުނިކަހައި ވިނަ ނޮޅައި ވިނަކޮށައި ރީތިކޮށް ޒީނަތްތެރިކޮށް ބެއްވުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމު ހިންގައި، މަސައްކަތްތެރިންނަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީއާއި މަސައްކަތަށް ބޭނުންވާ އާލާތްތައް ހޯދައިދީ، މަސައްކަތްތެރިންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދޭ ފޯމް. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ. 4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. |
|||
ސުންގަޑި: |
14 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް. |
|||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.