ދިވެހިރާއްޖެ
މި ސަރވިސްއަސް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ. މިމަޤާމްތަކަށް ދިވެހިން ކުރިމަތި ނުލައްވާނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފުން ހަމަޖެއްސޭނެ ވާހަކަ ދެންނެވީމެވެ. |
|
މަޤާމް |
ރަޖިސްޓަރޑް ނަރސް |
ރޭންކް |
އެމް.އެސް 1 |
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގރ 1 |
މުސާރަ |
-/5610 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން |
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް/ މާފުށީ ޖަލު، އައްސޭރި ޖަލު، މާލޭ ޖަލު / ކ.މާފުށި، ކ.ހިންމަފުށި، މާލެ |
ބޭނުންވާ އަދަދު |
4 (ހަތަރެއް) |
ޝަރުތު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޞިއްޙީ ދާއިރާއިން- 1- ސަރުކާރު ގަބޫލުކުރާ އިންސްޓިއުޓެއްގައި ޖެނެރަލް ނަރސިންގ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން 2- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން 3- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގެ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއިއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮގުން ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ 4- ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގ އިން ޑިގްރީއެއް ހާސިލުކޮށްފައިވުން |
މަޤާމުގެ މަސްޢޫލިއްޔަތު |
- ބަންދުގައި ތިބި ބަންދުމީހުންނަށް ޤަވާއިދުން ބޭސްދިނުން - ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން - ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައިހުރުން - އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން. - ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން - އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން - މެޑިކަލް ފައިލްތައް ބެލެހެއްޓުން |
އެހެނިހެން އެލަވަންސް ތަކާއި އިނާޔަތްތަށް |
- ސަރވިސް އެލަވަންސަށް -/2500 ރ ލިބޭނެއެވެ. - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތް ވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް |
1- މަތީ ތައުލީމާއި ތަމްރީން. 2- މަސައްކަތު ތަޖުރިބާ |
އިންޓަރވިއު ކުރުން |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުހާއެއްގައި ނަންބަރޖެއްސެވުން އެދެމެވެ. އަދި ނަންބަރ ނުޖަހާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ
ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 19 ނޮވެމްބަރ 2044 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( ދެފުށް ފެންނާނޭހެން ސާފު ކޮޕީއެއް ) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) - ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން. ބިދޭސީން - ވަޒީފާއަށް އެދޭ ސިޓީ މޯލްޑިވްސް ނާސިންގ ކައުންސިލް އިން ދޫކޮށްފައިވާ ނާސިންގ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ނުވަތަ ޕްރީ–ރެޖިސްޓްރޭޝަން ސްލިޕްގެ އޮރިޖިނަލް. - ޕާސްޕޯޓްގެ ކޮޕީ ނޯޓް: އެޕްލިކޭޝަނާއެކު ހުށައަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ. |
12 މުޙައްރަމް 1436 |