ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-F/1/2014/ 49
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 19 ނޮވެންބަރު 2014 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ރަޖިސްޓަރޑް ނަރސް

މި ސަރވިސްއަސް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ. މިމަޤާމްތަކަށް ދިވެހިން ކުރިމަތި ނުލައްވާނަމަ  ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފުން ހަމަޖެއްސޭނެ ވާހަކަ ދެންނެވީމެވެ.

މަޤާމް

ރަޖިސްޓަރޑް ނަރސް  

ރޭންކް

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގރ 1

މުސާރަ

-/5610 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް/ މާފުށީ ޖަލު، އައްސޭރި ޖަލު، މާލޭ ޖަލު / ކ.މާފުށި، ކ.ހިންމަފުށި، މާލެ

ބޭނުންވާ އަދަދު

4 (ހަތަރެއް)

ޝަރުތު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

ޞިއްޙީ ދާއިރާއިން-

1- ސަރުކާރު ގަބޫލުކުރާ އިންސްޓިއުޓެއްގައި ޖެނެރަލް ނަރސިންގ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން

2- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން

3- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގެ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއިއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮގުން ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ

4- ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގ އިން ޑިގްރީއެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

- ބަންދުގައި ތިބި ބަންދުމީހުންނަށް ޤަވާއިދުން ބޭސްދިނުން

- ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން

- ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައިހުރުން

- އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.

- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން

- އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން

- މެޑިކަލް ފައިލްތައް ބެލެހެއްޓުން

އެހެނިހެން އެލަވަންސް ތަކާއި އިނާޔަތްތަށް

- ސަރވިސް އެލަވަންސަށް -/2500 ރ ލިބޭނެއެވެ.

- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތް ވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

1-    މަތީ ތައުލީމާއި ތަމްރީން.

2-    މަސައްކަތު ތަޖުރިބާ

އިންޓަރވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުހާއެއްގައި ނަންބަރޖެއްސެވުން އެދެމެވެ. އަދި ނަންބަރ ނުޖަހާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ

ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން  19 ނޮވެމްބަރ 2044 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( ދެފުށް ފެންނާނޭހެން ސާފު ކޮޕީއެއް )

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ބިދޭސީން

- ވަޒީފާއަށް އެދޭ ސިޓީ

މޯލްޑިވްސް ނާސިންގ ކައުންސިލް އިން ދޫކޮށްފައިވާ ނާސިންގ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ނުވަތަ ޕްރީ–ރެޖިސްޓްރޭޝަން ސްލިޕްގެ އޮރިޖިނަލް.

- ޕާސްޕޯޓްގެ ކޮޕީ

ނޯޓް: އެޕްލިކޭޝަނާއެކު ހުށައަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

12 މުޙައްރަމް 1436

05 ނޮވެންބަރު 2014