ވަޒީފާ ބާވަތް:
|
ދުވަހުގެ މުސާރަ
|
ދުވަހުގެ މުސާރަ:
|
ދުވާލަކަށް -/500 ރުފިޔާ
|
ޝަރުތު:
|
- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.
- ވިންޗް އޮޕަރޭޓް ކުރުމުގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
- އުސްތަންތަނަށް އަރާ އެ ތަންތަނުގައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު މީހެއް ކަމުގައިވުން.
- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ވިންޗް އޮޕަރޭޓްކުރުމާއި އަދި އެފަދަ އެހެން އިންޖީނުލީ އުޅަނދުފަހަރުތައް ބޭނުން ކޮށްގެން މަސައްކަތާއި ގުޅުން ހުރި އެންމެހައި މަސައްކަތް ކުރުން.
- ބޯޓުން ބާލާ މުދަލާއި އަރުވާ މުދާ އެއްގަމުގައާއި ބަނޑުފަހަރުގައި ޖައްސާއިރު މުދަލަށް ނުވަތަ ބޯޓުގެ ވިންޗަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ރައްކާތެރިކަމާއި އެކު މަސައްކަތްކުރުން.
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ވޯކް-އިން އިންޓަވިއު އޮންނަ ދުވަހާއި ވަގުތު:
|
މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ވޯކް-އިން އިންޓަވިއު 2022 ނޮވެމްބަރު 2 ވަނަ ދުވަހު 13:00 އިން 15:30 އާއި ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި (ހެޑް އޮފީސް) ކުރިއަށްދާނެއެވެ.
|
އިންޓަވިއު އަށް އަންނައިރު ގެންނަން ޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ލައިސަންސް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|