ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2022/121
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 21:19
ސުންގަޑި: 02 ނޮވެންބަރު 2022 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮޕަރޭޓަރ (ކްރޭން/ފޯކްލިފްޓް)
ބޭނުންވާ އަދަދު :10

 ވަޒީފާ ބާވަތް:

 ދުވަހުގެ މުސާރަ

 ދުވަހުގެ މުސާރަ:

 ދުވާލަކަށް -/500 ރުފިޔާ

 ޝަރުތު:

- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ   ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން ނުވަތަ ފޯކްލިފްޓް   ދުއްވުމުގެ ލައިސަންސް އޮތުން .

 ނުވަތަ

- ޓްރެއިނީ އެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ބޭނުންވާ   ފަރާތަކަށްވުން.

 ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މިފަދަ މަޤާމެއް   އަދާކުރުމުގެ ތަޖުރިބާއާއި ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް   އިސްކަންދެވޭނެ.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އެމް.ޕީ.އެލް އިން ހިންގާ ބަދަރުތަކުގައި ގެންގުޅޭ އެއްގަމު   އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ވެހިކަލްތައް ބަލަހައްޓައި މެއިންޓެއިން   ކުރުން.

- ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން.

- ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން.

 ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން.

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

 މަސައްކަތް ކުރަންޖެހޭ ތަން:

 ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :15

 ވަޒީފާ ބާވަތް:

 ދުވަހުގެ މުސާރަ

 ދުވަހުގެ މުސާރަ:

 ދުވާލަކަށް -/500 ރުފިޔާ

 ޝަރުތު:

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް   ކަމުގައިވުން.

- އުމުރުން 45 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

ފަތަން އިނގޭ ފަރާތެއް ކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަދުފަހަރުން މުދާ / ކޮންޓައިނަރ   އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

- ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން /   ލޭޝިން ކުރުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް   ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް   ކުރުން.

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

 މަސައްކަތް ކުރަންޖެހޭ ތަން:

 ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް / ފެސިލިޓީސް މެނޭޖްމަން އެންޑް   މެއިންޓަނަންސް ޑިޕާޓްމެންޓް

މަޤާމް :އެސިސްޓެންޓް ވިންޗް އޮޕަރޭޓަރ
ބޭނުންވާ އަދަދު :12

 ވަޒީފާ ބާވަތް:

 ދުވަހުގެ މުސާރަ

 ދުވަހުގެ މުސާރަ:

 ދުވާލަކަށް -/500 ރުފިޔާ

 ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި   ބަހުން ލިޔަން ކިޔަން އެނގުން.

- ވިންޗް އޮޕަރޭޓް ކުރުމުގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަ   ކޮށްފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 01 އަހަރު   ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- އުސްތަންތަނަށް އަރާ އެ ތަންތަނުގައި މަސައްކަތް ކުރެވޭނެ ފަދަ   ޤާބިލު މީހެއް ކަމުގައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ   މީހެއް ކަމުގައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ވިންޗް އޮޕަރޭޓްކުރުމާއި އަދި އެފަދަ އެހެން އިންޖީނުލީ   އުޅަނދުފަހަރުތައް ބޭނުން ކޮށްގެން މަސައްކަތާއި ގުޅުން ހުރި   އެންމެހައި މަސައްކަތް ކުރުން.

- ބޯޓުން ބާލާ މުދަލާއި އަރުވާ މުދާ އެއްގަމުގައާއި ބަނޑުފަހަރުގައި   ޖައްސާއިރު މުދަލަށް ނުވަތަ ބޯޓުގެ ވިންޗަށް އެއްވެސް ގެއްލުމެއް   ނުލިބޭ ގޮތަށް ރައްކާތެރިކަމާއި އެކު މަސައްކަތްކުރުން.

 

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

 މަސައްކަތް ކުރަންޖެހޭ ތަން:

 ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 ވޯކް-އިން އިންޓަވިއު އޮންނަ ދުވަހާއި ވަގުތު:

 މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ވޯކް-އިން އިންޓަވިއު   2022 ނޮވެމްބަރު 2 ވަނަ ދުވަހު 13:00 އިން 15:30 އާއި   ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި (ހެޑް އޮފީސް)   ކުރިއަށްދާނެއެވެ.

 

 އިންޓަވިއު އަށް އަންނައިރު ގެންނަން ޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ލައިސަންސް ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި   އުޅުނުކަމުގެ ލިޔެކިޔުންތައް

26 އޮކްޓޫބަރު 2022