ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޙަފްލާއަކަށް ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިހޮސްޕިޓަލުގެ ގުރަހަ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ފޮނުއްވާނީ 01 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ހޮސްޕިޓަލްގެ މެއިލް [email protected] އަށެވެ. މިއިދާރާގެ އެހެން މެއިލްތަކަށް ފޮނުވާ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ކޯޓޭޝަން މެއިލް މެދުވެރިކޮށް ފޮނުވައިދެއްވުން އެދެމެވެ.