މަސައްކަތް
ނަންބަރު: GRH/IU/2022/32
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 31 އޮކްޓޫބަރު 2022 10:30
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޙަފްލާއަކަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

ގަމު ރީޖަނަލް ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޙަފްލާއަކަށް ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

 

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިހޮސްޕިޓަލުގެ ގުރަހަ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ފޮނުއްވާނީ 01 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ހޮސްޕިޓަލްގެ މެއިލް [email protected] އަށެވެ. މިއިދާރާގެ އެހެން މެއިލްތަކަށް ފޮނުވާ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ކޯޓޭޝަން މެއިލް މެދުވެރިކޮށް ފޮނުވައިދެއްވުން އެދެމެވެ.

 

25 އޮކްޓޫބަރު 2022