މަޤާމު
|
މަސައްކަތު
|
ރޭންކް
|
އެސް.އެސް 1
|
ކްލެސިފިކޭޝަން.
|
ސަޕޯރޓްސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި
|
ދާއިމީ
|
ސަރވިސް
|
ސަޕޯޓް ސަރވިސް
|
އޮފީސް /ސެކްޝަން:
|
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުގެ އިދާރާ/އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
މަސައްކަތްކުރަންޖެހޭތަން
|
މިސްކިތްތަކުގައި
|
މުސާރަ.
|
3100.00ރ.
|
ސަރވިސްއެލަވަންސް.
|
1000.00ރ.
|
ބޭނުންވާ އަދަދު.
|
01
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުން.
ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ މަޤާމެއްގައި (މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި) 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.
|
- ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކުރުން.
- މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
- މިސްކިތުގެ ދޮރާއި ދޮރުފަތްތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ ކުޑަދޮރުތައް ހުޅުވުމާއި، ނަމާދުކޮށް ނިމުމުން ކުޑަދޮރުތައް ލެއްޕުން.
- ޢިޝާނަމާދުކޮށްގެން މިސްކިތް ލައްޕާއިރު، މިސްކިތުގެ ހުރިހާ ފަންކާތަކާއި، އެއްލައިޓް ފިޔަވައި ހުރިހާ ލައިޓްތައް ނިއްވުން.
- މިސްކިތުގައި ޖަހާފައި ހުންނަ ފަންކާ، އަޅުކަން ކުރަން ތިބޭ މީހުންގެ ނިސްބަތަށް ބަލައި ނިއްވުން.
- މިސްކިތުގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މިސްކިތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ސާމާނާއި، މިސްކިތަށް ބޭނުންވާ އެހެނިހެން ސާމާނު އިމާމު މެދުވެރިކޮށް ކައުންސިލުގެ އިދާރާއިން ހޯދުން.
- ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން 15 މިނެޓްވަންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުކުރުން (މަގުގެ އަނެއްފަރާތުގައި ހުސްބިން އޮތްނަމަ މުޅިމަގު ސާފުކުރަންވާނެއެވެ. ސަރުކާރުގެ ޢިމާރާތެއް ނުވަތަ ގޯއްޗެއް އޮތްނަމަ މަގުގެ ދެބައިކުޅައެއްބައި ސާފުކުރަންވާނެއެވެ.)
- މަތީގައިވާ ކަންތައްތައް ފިޔަވައި މިސްކިތާ ގުޅުންހުރި ކަންތައްތަކުގައި ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.
|
- ތަޢުލީމާއި، ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް
|
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު
|
- މިމަޤާމަށް މީހަކު ހޮވުމައްޓަކައި ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
- އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
2014 ނޮވެންބަރު 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުގެ އިދާރާއަށް
|
އުޖޫރައާއި އިނާޔަތްތައް.
|
- އިތުރުގަޑީގެ މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ.
- ސިވިލްސަރވިސް މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން ލިބިދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވުމުން އެމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
|