ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)412/412/2014/30
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 13 ނޮވެންބަރު 2014 14:30
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން.

ސަޕޯރޓްސްޓާފް ގްރޭޑް 1

މަޤާމުގެ ގިންތި

ދާއިމީ

ސަރވިސް

ސަޕޯޓް ސަރވިސް

އޮފީސް /ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުގެ އިދާރާ/އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތްކުރަންޖެހޭތަން

މިސްކިތްތަކުގައި

މުސާރަ.

3100.00ރ.

ސަރވިސްއެލަވަންސް.

1000.00ރ.

ބޭނުންވާ އަދަދު.

01

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުން.

ނުވަތަ

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ މަޤާމެއްގައި (މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި) 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުން.
  2. ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކުރުން.
  3. މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
  4. މިސްކިތުގެ ދޮރާއި ދޮރުފަތްތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
  5. ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ ކުޑަދޮރުތައް ހުޅުވުމާއި، ނަމާދުކޮށް ނިމުމުން ކުޑަދޮރުތައް ލެއްޕުން.
  6. ޢިޝާނަމާދުކޮށްގެން މިސްކިތް ލައްޕާއިރު، މިސްކިތުގެ ހުރިހާ ފަންކާތަކާއި، އެއްލައިޓް ފިޔަވައި ހުރިހާ ލައިޓްތައް ނިއްވުން.
  7. މިސްކިތުގައި ޖަހާފައި ހުންނަ ފަންކާ، އަޅުކަން ކުރަން ތިބޭ މީހުންގެ ނިސްބަތަށް ބަލައި ނިއްވުން.
  8. މިސްކިތުގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. މިސްކިތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ސާމާނާއި، މިސްކިތަށް ބޭނުންވާ އެހެނިހެން ސާމާނު އިމާމު މެދުވެރިކޮށް ކައުންސިލުގެ އިދާރާއިން ހޯދުން.
  10. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން 15 މިނެޓްވަންދެން މިސްކިތުގައި މަޑުކުރުން.
  11. މިސްކިތާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުކުރުން (މަގުގެ އަނެއްފަރާތުގައި ހުސްބިން އޮތްނަމަ މުޅިމަގު ސާފުކުރަންވާނެއެވެ. ސަރުކާރުގެ ޢިމާރާތެއް ނުވަތަ ގޯއްޗެއް އޮތްނަމަ މަގުގެ ދެބައިކުޅައެއްބައި ސާފުކުރަންވާނެއެވެ.)
  12. މަތީގައިވާ ކަންތައްތައް ފިޔަވައި މިސްކިތާ ގުޅުންހުރި ކަންތައްތަކުގައި ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި، ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު

  • މިމަޤާމަށް މީހަކު ހޮވުމައްޓަކައި ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

2014 ނޮވެންބަރު 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުގެ އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް.

  • އިތުރުގަޑީގެ މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ.
  • ސިވިލްސަރވިސް މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން ލިބިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވުމުން އެމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

05 މުޙައްރަމް 1436

29 އޮކްޓޫބަރު 2014