ދިވެހިރާއްޖެ
ވަޑާންކުރުމުގެ މަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ދިނުން
މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ޗާޓުން ފާހަގަކޮށްފައިވާ (IUL-112 PLOT / ނޫކުލަ) ގެ 900 (ނުވަސަތޭކަ) އަކަފޫޓުގެ ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ވަޑާންކުރުމުގެ މަސައްކަތްކުރުމަށް ކުއްޔަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑަ އަގަކީ މަހަކު، އަކަފޫޓަކަށް0.50 ލާރި (ފަންސާސް ލާރި) އެވެ.
ވީމާ ބިން ކުއްޔަށް ހިފާން ބޭނުންވާ ފަރާތްތަކުން މި ކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ފޯމު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2022 އޮކްޓޫބަރ 25 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.
ބިމަށް އެދި، އެންމެ ބޮޑު އަގު (1) އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅައިފައިވާނަމަ، ބިން ދޫކުރާނީ އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ބިމަށް އެދި އެންމެ ފަރާތަކުން ހުށަހަޅައިފައިވާ ނަމަ، އެ ފަރާތަކަށް ބިން ދޫކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
އިޢުލާނު ނަންބަރު (I)288/2022/112 އާ ގުޅިގެން ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދު