ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2022/112
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:06
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޑާންކުރުމުގެ މަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ދިނުން

ވަޑާންކުރުމުގެ މަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ދިނުން

މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ޗާޓުން ފާހަގަކޮށްފައިވާ (IUL-112 PLOT / ނޫކުލަ) ގެ 900 (ނުވަސަތޭކަ) އަކަފޫޓުގެ ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ވަޑާންކުރުމުގެ މަސައްކަތްކުރުމަށް ކުއްޔަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑަ އަގަކީ މަހަކު، އަކަފޫޓަކަށް0.50  ލާރި (ފަންސާސް ލާރި) އެވެ.

ވީމާ ބިން ކުއްޔަށް ހިފާން ބޭނުންވާ ފަރާތްތަކުން މި ކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ފޯމު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2022 އޮކްޓޫބަރ 25 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.

ބިމަށް އެދި، އެންމެ ބޮޑު އަގު (1) އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅައިފައިވާނަމަ، ބިން ދޫކުރާނީ އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ބިމަށް އެދި އެންމެ ފަރާތަކުން ހުށަހަޅައިފައިވާ ނަމަ، އެ ފަރާތަކަށް ބިން ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

 

އިޢުލާނު ނަންބަރު (I)288/2022/112 އާ ގުޅިގެން ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދު

16 އޮކްޓޫބަރު 2022