ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ހޯދުމަށް

އިޢުލާން

13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ހޯދުމަށް

         2022 އޮކްޓުބަރ 23 ން 27 އަށް ގދ.ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ބޭނުންވެއެވެ.

ޝަރުތު:

-        އުމުރުން 17 އަހަރު ފުރިފައިވުން (އޮފިޝަލުން ނަގާއިރު ބަލާނީ 2022 އޮކްޓޫބަރ 01 ވަނަ ދުވަހަށް އުމުރުން 17 އަހަރު ފުރިފައިވާ ކުދިންނަށެވެ.)

އިނާޔަތްތައް:

-        އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް އެލެވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

-        އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުންކުރުމަށް ޓީ-ޝާޓް ހަވާލުކުރެވޭނެއެވެ.

-        މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ  އަދި ޓެކްނިކަލް މަޢުލޫމާތު ދެވޭނެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރ 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ މި އިދާރާގެ ފޯން (6841718)އަށް ގުޅުއްވައިގެން ނަންނޯޓް ކޮށްދެއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9862003 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

         ރަޖިސްޓްރޭޝަން ލިންކް: https://forms.gle/N4pZDrnJz8MGMu6L7         

 

05 އޮކްޓޫބަރު 2022
ހޯދާ