ދިވެހިރާއްޖެ
އިޢުލާން
13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ހޯދުމަށް
2022 އޮކްޓުބަރ 23 ން 27 އަށް ގދ.ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ބޭނުންވެއެވެ.
ޝަރުތު:
- އުމުރުން 17 އަހަރު ފުރިފައިވުން (އޮފިޝަލުން ނަގާއިރު ބަލާނީ 2022 އޮކްޓޫބަރ 01 ވަނަ ދުވަހަށް އުމުރުން 17 އަހަރު ފުރިފައިވާ ކުދިންނަށެވެ.)
އިނާޔަތްތައް:
- އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް އެލެވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުންކުރުމަށް ޓީ-ޝާޓް ހަވާލުކުރެވޭނެއެވެ.
- މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ އަދި ޓެކްނިކަލް މަޢުލޫމާތު ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރ 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ މި އިދާރާގެ ފޯން (6841718)އަށް ގުޅުއްވައިގެން ނަންނޯޓް ކޮށްދެއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9862003 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.gle/N4pZDrnJz8MGMu6L7