މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ، އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ (ޑިރެކްޓަރ، D1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ނަންބަރު 73(IUL)220-HMS/1/2022/ (06 ސެޕްޓެންބަރު 2022) އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

މަގާމު:

ޑެޕިއުޓީ ޑިރެކްޓަރ، އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ (ޑިރެކްޓަރ، D1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް އޮޕްރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/12,250 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/7,750 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/5,425 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/95 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ސެކިއުރިޓީ އޮޕަރޭޝަންސް ސެކްޝަން އަދި ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް ސެކްޝަންގެ މަސައްކަތް ހިންގާ ބެލެހެއްޓުން

- ހާޑްވެއަރ އެންޑް އޮޕަރޭޝަންސް ސެކްޝަންއާ ގުޅިގެން އޮތޯރިޓީގެ ކޮމްޕިއުޓަރ ނެޓްވަރކާއި މުވާސަލާތީ ނިޒާމް ޤާއިމްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން

- އޮތޯރިޓީގެ ކޮމްޕިއުޓަރ ވިއުގަގެ ސެކިއުރިޓީގެ ނިޒާމް ޑިޒައިންކޮށް، އިމްޕްލިމެންޓްކޮށް ބެލެހެއްޓުމާއި، މި ނިޒާމް ރިވިއުކޮށް އަޕްޑޭޓް ކުރުމާއި، ސެކިއުރިޓީ މެއިންޓަނަންސްއާ ގުޅުންހުރި މަސައްކަތްތައް ދެނެގަނެ ބެލެހެއްޓުން

- އެކިއެކި ސެކިއުރިޓީ ޑިވައިސްތަކުގެ ލޮގްސް މޮނިޓަރކުރުމާއި، ސެކިއުރިޓީ ރައްކައުތެރިކުރުމަށް ބޭނުންވާ ކަންކަން ބެލެހެއްޓުން

- ސެކުރިޓީ އޮޑިޓް، ވަލްނަރަބިލިޓީ އެސެސްމެންޓް އަދި ޕެނެޓްރޭޝަން ޓެސްޓުތައް ހިންގައި، ފާހަގަކުރެވޭ މައްސަލަތައް ރަގަޅުކުރުން

- ސެކުރިޓީ އިންސިޑެންޓް ރެޖިސްޓަރ ބެލެހެއްޓުމާއި، އަޕްޑޭޓްކުރުމާއި، ފާހަގަކުރެވިފައިވާ މައްސަލަތައް ރަނގަޅުކުރަން އެކަމާ ގުޅުންހުރި ސެކްޝަންތަކާއެކީ މަސައްކަތްކުރުން

- އައި.ޓީ ރިސްކުތައް ދެނެގަތުމާއި އައި.ޓީ ރިސްކް ރެޖިސްޓަރ ބެލެހެއްޓުމާއި، އަޕްޑޭޓްކުރުމާއި، ފާހަގަކުރެވިފައިވާ މައްސަލަތައް ރަގަޅުކުރަން އެކަމާ ގުޅުންހުރި ސެކްޝަންތަކާއެކީ މަސައްކަތްކުރުން

- ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން

ޝަރުޠު:

- އައި.ޓީއާ ގުޅުންހުރި ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މެނީޖީރިއަލް ލެވެލްގެ މަގާމެއްގައި 1 އަހަރު ހިމެނޭ ގޮތަށް މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ މެނޭޖަރ ލެވެލް މަގާމުގައި 2 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 3 އަހަރު ޚިދުމަތްކޮށްފައިވުން، އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ މެނޭޖަރ ލެވެލް މަގާމުގައި 3 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 4 އަހަރު ޚިދުމަތްކޮށްފައިވުން، އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ. 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޫބަރު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415      އީމެއިލް: [email protected]      ވެބްސައިޓް: www.mira.gov.mv

04 އޮކްޓޫބަރު 2022
ހޯދާ