ދިވެހިރާއްޖެ
މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ، އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ (ޑިރެކްޓަރ، D1) | |
---|---|
ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ނަންބަރު 73(IUL)220-HMS/1/2022/ (06 ސެޕްޓެންބަރު 2022) އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.
މަގާމު: |
ޑެޕިއުޓީ ޑިރެކްޓަރ، އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ (ޑިރެކްޓަރ، D1) |
އަދަދު: |
1 |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންޓަރޕްރައިސް އޮޕްރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސިސްޓަމްސް ސެކިއުރިޓީ ޑިވިޜަން |
އަސާސީ މުސާރަ: |
މަހަކު -/12,250 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/7,750 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/5,425 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/95 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ސެކިއުރިޓީ އޮޕަރޭޝަންސް ސެކްޝަން އަދި ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް ސެކްޝަންގެ މަސައްކަތް ހިންގާ ބެލެހެއްޓުން - ހާޑްވެއަރ އެންޑް އޮޕަރޭޝަންސް ސެކްޝަންއާ ގުޅިގެން އޮތޯރިޓީގެ ކޮމްޕިއުޓަރ ނެޓްވަރކާއި މުވާސަލާތީ ނިޒާމް ޤާއިމްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން - އޮތޯރިޓީގެ ކޮމްޕިއުޓަރ ވިއުގަގެ ސެކިއުރިޓީގެ ނިޒާމް ޑިޒައިންކޮށް، އިމްޕްލިމެންޓްކޮށް ބެލެހެއްޓުމާއި، މި ނިޒާމް ރިވިއުކޮށް އަޕްޑޭޓް ކުރުމާއި، ސެކިއުރިޓީ މެއިންޓަނަންސްއާ ގުޅުންހުރި މަސައްކަތްތައް ދެނެގަނެ ބެލެހެއްޓުން - އެކިއެކި ސެކިއުރިޓީ ޑިވައިސްތަކުގެ ލޮގްސް މޮނިޓަރކުރުމާއި، ސެކިއުރިޓީ ރައްކައުތެރިކުރުމަށް ބޭނުންވާ ކަންކަން ބެލެހެއްޓުން - ސެކުރިޓީ އޮޑިޓް، ވަލްނަރަބިލިޓީ އެސެސްމެންޓް އަދި ޕެނެޓްރޭޝަން ޓެސްޓުތައް ހިންގައި، ފާހަގަކުރެވޭ މައްސަލަތައް ރަގަޅުކުރުން - ސެކުރިޓީ އިންސިޑެންޓް ރެޖިސްޓަރ ބެލެހެއްޓުމާއި، އަޕްޑޭޓްކުރުމާއި، ފާހަގަކުރެވިފައިވާ މައްސަލަތައް ރަނގަޅުކުރަން އެކަމާ ގުޅުންހުރި ސެކްޝަންތަކާއެކީ މަސައްކަތްކުރުން - އައި.ޓީ ރިސްކުތައް ދެނެގަތުމާއި އައި.ޓީ ރިސްކް ރެޖިސްޓަރ ބެލެހެއްޓުމާއި، އަޕްޑޭޓްކުރުމާއި، ފާހަގަކުރެވިފައިވާ މައްސަލަތައް ރަގަޅުކުރަން އެކަމާ ގުޅުންހުރި ސެކްޝަންތަކާއެކީ މަސައްކަތްކުރުން - ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން |
ޝަރުޠު: - އައި.ޓީއާ ގުޅުންހުރި ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މެނީޖީރިއަލް ލެވެލްގެ މަގާމެއްގައި 1 އަހަރު ހިމެނޭ ގޮތަށް މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ މެނޭޖަރ ލެވެލް މަގާމުގައި 2 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 3 އަހަރު ޚިދުމަތްކޮށްފައިވުން، އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ މެނޭޖަރ ލެވެލް މަގާމުގައި 3 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 4 އަހަރު ޚިދުމަތްކޮށްފައިވުން، އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން |
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޫބަރު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415 އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv