ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކޯސްތަކަށް ދަރިވަރުން ނެގުމަށް ކުރެވިފައިވާ ނަމްބަރު: (IUL)160-AS/1/2022/82 ( 20 ސެޕްޓެމްބަރ 2022 ) އިޢުލާންގެ މުއްދަތު އިތުރުކޮށް ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުމަށް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ( މާލެ އަދި ހުޅުމާލެ ) ގައި 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:         މާލެ – 60 ޖާގަ، ހުޅުމާލެ – 30 ޖާގަ

ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2022 https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf އޮކްޓޯބަރ 02 ( އާދިއްތަ ) ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޮކްޓޯބަރ 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި އައިޑީކާރޑު ކޮޕީ އާއެކު [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. އަދި މިމަރްކަޒުގެ ކައުންޓަރުން ވެސް ފޯމް ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ. މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮކްޓޯބަރ 10 ހޯމަ އިން 2022 އޮކްޓޯބަރ 16 އާއި ދެމެދުއެވެ.

02 އޮކްޓޫބަރު 2022
ހޯދާ