ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ( މާލެ އަދި ހުޅުމާލެ ) ގައި 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: މާލެ – 60 ޖާގަ، ހުޅުމާލެ – 30 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2022 https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf އޮކްޓޯބަރ 02 ( އާދިއްތަ ) ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޮކްޓޯބަރ 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި އައިޑީކާރޑު ކޮޕީ އާއެކު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި މިމަރްކަޒުގެ ކައުންޓަރުން ވެސް ފޯމް ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ. މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮކްޓޯބަރ 10 ހޯމަ އިން 2022 އޮކްޓޯބަރ 16 އާއި ދެމެދުއެވެ.