މަޤާމް:
|
އެސިސްޓެންޓް އޮފިސަރ (ވަގުތީ)
|
އަސާސީ މުސާރަ
|
-/5,500 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2,520 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އޭ.އެސް 7
|
ބޭނުންވާ ޢަދަދު:
|
02
|
މަސައްކަތް ކުރަންޖެހޭތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް ޑިޕާޓްމެންޓް
|
މަޤާމުގެ ބާވަތް:
|
|
މަޤާމުގެ ޝަރުތު:
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
ރެވެނިޔު ޔުނިޓް
- ކުންފުންޏަށްލިބޭ އާމްދަނަނީ ފައިސާ ޤަވާއިން ބަލައިގަތުން (ޕޭމެންޓް / ސޭލްސް ރިސިޕްޓް ހެދުން)
- ބިލިންގ އަށްލިބޭ ޑޮކިއުމެންޓްތައް އެންޓްރީކޮށް ބެލެހެއްޓުން
- ކްރެޑިޓަށްދެވޭ ޚިދުމަތްތަކަށާއި މަންތްލީ ހަދަންޖެހޭ ބިލްތައް ޤަވާއިދުން ހަދައި ފޮނުވުން
- ޑޮކިއުމެންޓްތައް ފައިލްކުރުމާއި ރަސީދުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- އެމް.އެމް.އައި އިން ހިންގާ ކޯސްތަކުގެ ފީ ޝެޑިއުލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ފައިސާ ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން (ގުޅައި ސްޓޭޓްމެންޓް ފޮނުވުން)
- އެސެޓް ނަންބަރ ޖެހުމާއި އިންވެންޓްރީ ބެލެހެއްޓުން
ޕޭޔަބަލްސް ޔުނިޓް
- ޑިޕާޓްމެންޓަށް ލިބޭ ރިކުއެސްޓްތަކާއި ބަޖެޓް ޕްރޮޕޯޒަލްތައް އެންޓްރީކޮށް ބަލަހައްޓައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން
- ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތަކާއި ގުޅޭ ޑޮކިއުމެންޓްސް އަދި ޕޭމްންޓް ވައުޗަރތައް ފައިލްކޮށް ބެލެހެއްޓުން
- އެދުވަހެއްގައި ހެދޭ ޕޭމެންޓްތަކުގެ ސްލިޕްތައް އެފަރާތްތަކަށް ފޮނުވުން
- ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތައް އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓަރކުރުން
- ދަތުރު އަދި އެހެނިހެން ކަންކަމަށް މުވައްޒަފުންނާއި ޙަވާލުކުރެވޭ ފައިސާގެ ޝީޓްތައް ހަދައި އެންޓްރީ ބެލެހެއްޓުން
- ރިކުއެސްޓް / ޕްރޮޕޯޒަތްތަކުގެ ބަޖެޓްބާކީ ބެލެހެއްޓުން
- މީގެ އިތުރުންވެސް ސުޕަވައިޒަރ ނުވަތ އެޗް.އޯޑީ އެވަގުތަކު ކުރުމަށް ޙަވާލުކުރާ ޑިޕާޓްމެންޓްގެ މަސައްކަތްކުރުން
|
އިތުރު އެލަވަންސްތައް:
|
- އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.
|