ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2022/200
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 09 އޮކްޓޫބަރު 2022 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ)

މަޤާމް :އެސިސްޓެންޓް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު                            

މަޤާމް:

އެސިސްޓެންޓް އޮފިސަރ (ވަގުތީ)  

އަސާސީ މުސާރަ

-/5,500 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,520 ރުފިޔާ

މަޤާމުގެ ރޭންކް

އޭ.އެސް 7

ބޭނުންވާ ޢަދަދު:

02

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް ޑިޕާޓްމެންޓް

މަޤާމުގެ ބާވަތް:

  • ވަގުތީ (06 މަސްދުވަސް)

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު)  މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ރެވެނިޔު ޔުނިޓް

  • ކުންފުންޏަށްލިބޭ އާމްދަނަނީ ފައިސާ ޤަވާއިން ބަލައިގަތުން (ޕޭމެންޓް / ސޭލްސް ރިސިޕްޓް ހެދުން)
  • ބިލިންގ އަށްލިބޭ ޑޮކިއުމެންޓްތައް އެންޓްރީކޮށް ބެލެހެއްޓުން
  • ކްރެޑިޓަށްދެވޭ ޚިދުމަތްތަކަށާއި މަންތްލީ ހަދަންޖެހޭ ބިލްތައް ޤަވާއިދުން ހަދައި ފޮނުވުން
  • ޑޮކިއުމެންޓްތައް ފައިލްކުރުމާއި ރަސީދުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • އެމް.އެމް.އައި އިން ހިންގާ ކޯސްތަކުގެ ފީ ޝެޑިއުލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ފައިސާ ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން (ގުޅައި ސްޓޭޓްމެންޓް ފޮނުވުން)
  • އެސެޓް ނަންބަރ ޖެހުމާއި އިންވެންޓްރީ ބެލެހެއްޓުން

ޕޭޔަބަލްސް ޔުނިޓް

  • ޑިޕާޓްމެންޓަށް ލިބޭ ރިކުއެސްޓްތަކާއި ބަޖެޓް ޕްރޮޕޯޒަލްތައް އެންޓްރީކޮށް ބަލަހައްޓައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން
  • ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތަކާއި ގުޅޭ ޑޮކިއުމެންޓްސް އަދި ޕޭމްންޓް ވައުޗަރތައް ފައިލްކޮށް ބެލެހެއްޓުން
  • އެދުވަހެއްގައި ހެދޭ ޕޭމެންޓްތަކުގެ ސްލިޕްތައް އެފަރާތްތަކަށް ފޮނުވުން
  • ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށްލިބޭ އިންވޮއިސްތައް އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓަރކުރުން
  • ދަތުރު އަދި އެހެނިހެން ކަންކަމަށް މުވައްޒަފުންނާއި ޙަވާލުކުރެވޭ ފައިސާގެ ޝީޓްތައް ހަދައި އެންޓްރީ ބެލެހެއްޓުން
  • ރިކުއެސްޓް / ޕްރޮޕޯޒަތްތަކުގެ ބަޖެޓްބާކީ ބެލެހެއްޓުން
  • މީގެ އިތުރުންވެސް ސުޕަވައިޒަރ ނުވަތ އެޗް.އޯޑީ އެވަގުތަކު ކުރުމަށް ޙަވާލުކުރާ ޑިޕާޓްމެންޓްގެ މަސައްކަތްކުރުން

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                          02 ރަބިޢުލްއައްވަލް 1444

28 ސެޕްޓެންބަރު 2022