އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން

   ކަށުކަމާކެމީގެ  ކަންތައްތައް  ކުރިއަށް  ގެންދިއުމުގައި  ތައްޔާރު   ކުރެވިފައިވާ   " ކަށުކަމާކެމީގެ  ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން އައްޑޫ ސިޓީ މީދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. 

   ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 06 އޮކްޓޯބަރ 2022 ވަނަދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ، އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް ރަގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން

30 ޞަފަރު 1444 ހ

           26 ސެޕްޓެމްބަރ 2022           

28 ސެޕްޓެންބަރު 2022
ހޯދާ