ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1B/426/2022/465
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި:
06 އޮކްޓޫބަރު 2022 13:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން
ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން
ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ " ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން އައްޑޫ ސިޓީ މީދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 06 އޮކްޓޯބަރ 2022 ވަނަދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ، އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
- މުސްލިމަކު ކަމުގައިވުން
- ބާލިޣުވުން
- ބުއްދި ސަލާމަތުން ހުރުން
- ކަށުކަމާކެމީގެ ކަންތައް ރަގަޅަށް ދަންނަ މީހަކު ކަމުގައިވުން
- އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން
30 ޞަފަރު 1444 ހ
26 ސެޕްޓެމްބަރ 2022
28 ސެޕްޓެންބަރު 2022